ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން މިއަދު ވަނީ އެ އޮޕަރޭޝަންގެ ތަފްސީލު ހާމަކޮށްފަ އެވެ.
2026 މާރިޗު 20 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
🔹ބާވަތް: ކެނަބިސް ފަތް
🔹ބަރުދަން: 5 ކިލޯއަށްވުރެ ގިނަ (5370 ގްރާމް)
🔹މަަގުމަތީއަގު: 4,296,000 ދިވެހި ރުފިޔާ pic.twitter.com/mviFtYvRaA— Maldives Customs Service (@CustomsMv) March 22, 2026
ކަސްޓަމްސް އިން ބުނީ މި މަހުގެ 20 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން ފަސް ކިލޯއަށް ވުރެ ގިނަ ކެނަބިސް އާއި 6.5 ކިލޯގެ ހަޝިޝް އޮއިލް ވަނީ އަތުލައިގެންފަ އެވެ.
މިތަކެތީގެ މަގުމަތީ އަގު 9.6 މިލިއަނަށް ވުރެ އިތުރު ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.






