ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ 01:15 އެހައިކަންހާއިރު ކަމަށެވެ.
ފުލުހުން ބުނީ މިހާރު ކަށަވަރު ކުރެވިފައިވާ މައުލޫމާތަށް ބަލާއިރު ލޯންޗުގައި ޖުމުލަ 7 މީހުން ތިބި ކަމަށާއި، އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާ އިންޑިއާ އަށް ނިސްބަތްވާ 5 ފިރިހެނުން ކަމަށެވެ.
އަދި މި ހާދިސާގައި ލޯންޗުން ވިއްސައިގެންގޮސް ފަސް މީހަކު މޫދަށް ވެއްޓިފައިވާއިރު، އަނިޔާވި މީހުންނަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ 4 ފިރިހެނުންނެވެ.
ފުލުހުން ބުނީ މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ދެ މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށެވެ.






