ގިނަ ބައެއްގެ ޝައުޤުވެރިކަން އަމާޒުވެފައިވާ ދިރާގުގެ ގުޑިފެސްޓް އަންނަ އާދީއްތަ ދުވަހު ހދ. ނޮޅިވަރަމުގައި ބޭއްވުމަށް ނިންމައިފިއެވެ.
މިގޮތުން ދިރާގުން ހާމަކޮށްފައިވާ ގޮތުގައި ގުޑިފެސްޓް އޮންނާނީ މާރިޗު 22 ވަނަ ދުވަހުގެ 16:15 އިން 17:45 އަށް ނޮޅިވަރަމް ޓާފް ފުޓުބޯޅާ ދަނޑުގައެވެ.
އަދި ކޮންމެ ކުއްޖަކަށްވެސް ހިލޭ ގުޑިއެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ގުޑިފެސްޓްގައި ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށްވެސް ބައިވެރިވެވޭނެއެވެ.
ދިރާގު ގުޑިފެސްޓަކީ ރަމަޟާން މަހުގެ ހަވީރު ގުޑި އުދުހުމުގެ ސަގާފަތުގައި ކުޑަކުދިން ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން 2023 ވަނަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ. 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ގުޑިފެސްޓް ހަރަކާތް ބޭއްވީ މާލޭ އުސްފަސްގަނޑު ސަރަހައްދުގައެވެ.







