ރޭ ހިނގި އަަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓްގައި ސޮއިކުރުން މެދުކަނޑާލުމަށް ފަހު އަލުން ލިސްޓުތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އިންތިޚާބާ ބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގާ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާތީ، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލީ ރޭގެ ވަގުތެއްގަ އެވެ.
މިއަދު ކޮމިޝަނުން ބުނީ އިންތިޚާބާބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގެ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އިންތިޚާބީ މަސައްކަތްތައް ހުއްޓުމެއްނެތި ތާވަލާއެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަަކައި މިވަގުތުވެސް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ފެށިގެން ކުރިއަށްދާކަމުގަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ ބުނީ އިންތިޚާބާ ބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
މީގެ އިތުރުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.







