ހުޅުމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މިއަދު ހުޅުމާލެ Lot-11395 ހިނގި އަލިފާނުގެ ހާދިސާގައި އެގޭގެ ކޮޓަރިއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.
މިގޮތުން އަލިފާނުން ލިބުނު ގެއްލުމުގެ ސަބަބުން ގޭގެ އެއް ކޮޓަރި އަނދައިގެން ގޮސްފައިވާއިރު، ގޭގެ ދެން ހުރި ކޮޓަރިއާއި ސިޓިން ރޫމްއަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭ އިން ބުނީ އެ އޮތޯރިޓީގެ ފަރާތުން އެ ގޭގައި ދިރިއުޅެމުން ދިޔަ 7 ފަރާތްތަކަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާ، ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސާދީފައިވާ ކަމަށެވެ.






