މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް އިބްރާހިމް ޒިޔަތު ހަމަޖައްސަވައިފި އެވެ.
އެ ކުންފުނިން މިއަދު ވަނީ އޭނާއަށް މަރުޙަބާ ކިޔާފަ އެވެ. އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް އަދި ބޯޑް މެންބަރު ކަމަށް އިބްރާހިމް ޒިޔަތު އައްޔަނު ކޮށްފައިވާ ކަމަށެވެ.
ޒިޔަތަށް ކުންފުނީގެ މުވައްޒިފުންގެ ނަމުގައި ވަނީ މަރުޙަބާ ވެސް ކިޔާފަ އެވެ.
ޒިޔަތު އަކީ ބައެއް ކުންފުނިތަކުގެ އިސް މަޤާމުތައް ކުރީން ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެމްޓީސީސީގެ ސީއީއޯގެ މަޤާމު ވެސް ފުރުއްވާފައިވެ އެވެ.






