ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ތަރައްޤީ ކުރުމަށް ނިންމައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މި މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ، ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އާރްޑީސީއާއެވެ.
އާރްޑީސީން ބުނީ މިހާރު ކުރިއަށްދަނީ، އެ ބިން ސާފު ކުރުމުގެ މަސައްކަތާއި ވަށައިގެން ޓިނު ޖެހުމުގެ މަސައްކަތް ކަމަށެވެ. އެތަނުގައި ކުދިންނަށް ހިތްފަސޭހަ ކަމާއެކު ކުޅެލެވޭނެ ޕާކެއް ތަރައްޤީ ކުރެވޭނެއެވެ. އަދި މީހުންނަށް އިށީދެ ތިބެވޭނެ ގޮތަށް އެތަން ތަރައްޤީ ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަޒީމް ވިދާޅުވީ،
އާރުޑީސީން ބުނީ 2 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށެވެ.





