އިލެކްޓްރިކް ވެހިކަލްތަކުގައި ފެހިކުލައިގެ ނަމްބަރ ޕްލެޓް ބޭނުންކުރަން ފަށަން ތައްޔާރުވެއްޖެ އެވެ.
އެކަން ދަތުރުފަތުރާބެހޭ ވުޒާރާގެ ވަޒީރު، މުޙައްމަދު އަމީން ވަނީ ރޭ ހާމަ ކުރައްވާފަ އެވެ. ވަޒީރު ވަނީ އިލެކްޓްރިކް ވެހިކަލްތަކުގައި ބޭނުންކުރާނެ ނަންބަރު ބޯޑުގެ ނަމޫނާއެއް ހިމަނާފަ އެވެ.
ޤާނޫނަށް ފަހުން ގެނައި ބަދަލާއެކު އަލަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އަމިއްލަ މީސްމީހުން ގެންގުޅޭ އިލެކްޓްރިކް ވެހިކަލްތަކުގައިވެސް ޓެކްސީ ކުރާނަމަ ފެހިކުލައިގެ ނަމްބަރު ޕްލެޓް ޖަހާނެ އެވެ. އަދި އަމިއްލަ މީސްމީހުންގެ އިލެކްޓްރިކް ވެހިކަލްތަކުގައި ވެސް ފެހިކުލައިގެ ނަންބަރު ޕްލެޓް ބޭނުން ކުރާނެ އެވެ.
ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތް ކުރިއަށް އޮތް ފިތުރު ޢީދު ދުވަހު ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ސަރުކާރުން ޕްލޭން ކޮށްފައި އޮތީ ފުރަތަމަ ބުރުގައި 150 ކާރު ގެނެސް ޓެކްސީގެ ޚިދުމަތް ފެށުމެވެ.






