ބ. އޭދަފުށްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. އޭދަފުށި / ދޭދަރުގެ، ޢަލީ ޝަކީބު (56އ) އެވެ.
ފުލުހުން ބުނީ މި މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ރޭ އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން ޢަލީ ޝަކީބު ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.






