ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2026 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޞިއްޙީ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ތައިލޭންޑްގެ ޕްރިންސަސް، ޕްރިންސަސް ސްރީނަގަރިންދްރާގެ އުފަންދުވަހާއި ގުޅުވައިގެން ތަޢާރަފުކޮށްފައިވާ ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2026 އަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށާއި، އެވޯޑަކީ ނަރުހުންނާއި ފޫޅުމައިންނަށް އަމާޒުކޮށްގެން މިދާއިރާގައި އިޖުތިމާޢީ ކުރިއެރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކޮށް ދެވޭ އެވޯޑެއް ކަމަށެވެ.
އެހެންކަމުން މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 14 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، ޞިއްޙީ ވުޒާރާގެ ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަނަށް އެޑްރެސްކޮށް، ފޯމު ހުށަހެޅުއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅިދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ޞިއްޙީ ވުޒާރާއިން ބުނީ މި އެވޯޑާ ގުޅޭ އިތުރު މަޢުލޫމާތު އެވޯޑަށް ޚާއްޞަކުރެވިފައިވާ ވެބްސައިޓުންނާއި އެ ވުޒާރާއަށް އީމެއިލްކޮށްގެންވެސް ލިބޭނެ ކަމަށެވެ.






