އެސްޓޯނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، މާރްގުސް ސަޚްނާ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ވަޒީރުގެ މެސެޖުގައި ދިވެހިރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެސްޓޯނިއާގެ މިނިސްވަން ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި އެސްޓޯނިއާގެ ރައްޔިތުންނަށް އިޚްލާސްތެރި ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ.
''އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އައު ދާއިރާތަކުން ފުރުސަތުތައް ފަހިކުރުމަށް އުންމީދުކުރަމެވެ'' މިނިސްޓަރ ގެ މެސެޖުގައި ވިދާޅުވިއެވެ.






