އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނީ އިއްޔެ ނައްތާލާފައިވަނީ 126 ފުޅި ބަނގުރަލާއި 122 ދަޅު ބިޔަރު ކަމަށާއި، މިއީ 2025 ޑިސެމްބަރު 31 އިން 2026 ފެބުރުވަރީ 15 އަށް، ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެތި ކަމަށެވެ.
އަދި މި ތަކެތި ނައްތާލާފައިވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށްވެސް ފުލުހުން ބުންޏެވެ.





