ލިތުއޭނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ކެސްޓޫޓަސް ބުޑްރީސް އަށް ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ
ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ވަޒީރު ކެސްޓޫޓަސް ބުޑްރީސް އަށާއި ލިތުއޭނިއާގެ ސަރުކާރަށާއި ރައްޔިތުންނަށް، ލިތުއޭނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.
އަދި ރާއްޖެއާއި ލިތުއޭނިއާ ދެމެދު އޮތް ރަޙްމަތްތެރި ގުޅުމާއި އެއްބާރުލުން، ކުރިއަށް އަންނަން އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދިޔުމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.





