ބުރިޖުމަތީ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި ސިނަމާލެ ބުރިޖާއި އެއާޕޯޓު މެއިން ރޯޑާ ގުޅޭ ޖަންކްޝަންގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ މައްސަލަ އިއްޔެ 23:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
މިގޮތުން އެކްސިޑެންޓުވެފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރި ކާރަކާއި ހުޅުމާލެއިން އެއަޕޯޓަށް ދާން އޮންނަ މަގަށް އެޅި ސައިކަލެއް ޖެހި ކަމަށް ފުލުހުން ބުންޏެވެ.
އަދި މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.






