ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ހާދިސާ ހިނގުމާއި ގުޅިގެން ވޭސްޓްމެނޭޖްމެންޓް ސެންޓަރގެ ޚިދުމަތްތައް މިވަގުތަށް މެދުކެނޑިފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން ވޭސްޓްމެނޭޖްމެންޓް ސެންޓަރގެ ޚިދުމަތްތައް މިވަގުތައް ވަނީ މެދުކެނޑިފައި. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުހާ އަވަހަކަށް ހިދުމަތްތައް އަނބުރާ އިޔާދަ ކުރެވޭނެ ވާހަކަ ދަންނަވަން! pic.twitter.com/K77EbUjizS
— Kulhudhuffushi City Council (@kcitycouncil) February 8, 2026
އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުހާ އަވަހަކަށް ހިދުމަތްތައް އަނބުރާ އިޔާދަ ކުރެވޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްޞީލެއް ކައުންސިލުން ހާމައެއް ނުކުރެއެވެ.




