ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް "ކުރި" މިއަދު އިފްތިތާޙްކޮށްފިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިޒާމް އިފްތިތާހުކޮށްދެއްވީ މަތީ މަތީތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙުމަދެވެ. މިނިޒާމާއެކު ޚިދުމަތް ހޯދުމަށް ދަރިވަރުންނަށް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމާއެކު ދައުލަތުގެ ހުރިހާ މުވައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރެވެމުންދާ މޯލްޑިވްސް 2.0 ގެ ދަށުން ދަރިވަރުންނަށް ދެމުންދާ ޚިދުމަތްތަކުގެ ދުވެލި އަވަސްކޮށް، ކުށްތައް މަދުކޮށް އެ ވުޒާރާގެ ހިންގުން އެތައް ގުނައެއް ހަރުދަނާވެގެންދާނެ ނިޒާމެކެވެ.






