އިންޓަރ އޮފީސް އަންހެން ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޓީމަށް ޖާޒީ ހަވާލުކޮށްދީފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ އަންހެން ވޮލީބޯޅާ ޓީމުގެ މެންބަރުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޢާރިފެވެ.
Our Deputy Managing Director handed over the jerseys to the squad representing Club Fenaka this year, in the upcoming Inter Office Women's Volleyball Championship. Let’s win it together! 💪🔥#ClubFenaka #TeamFenaka pic.twitter.com/hTGfZWu7Tw
— Fenaka Corporation Ltd (@TeamFenaka) January 14, 2026
މިއީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެެން ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތެކެވެ.
މި އަހަރުގެ މުބާރާތް އޮންނާނީ ޖަނަވަރީ 14 އިން 23 އަށް މާލޭ ސޯޝަލް ސެންޓަރުގައެވެ.







