ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 37 މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ މި ހާދިސާގެ ސަބަބުން އިމާރާތުގެ މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މި ގެއްލުންތަކާ ގުޅިގެން އެ ޓަވަރުގެ ބައެއް އެޕާޓްމަންޓުތަކުގެ ފާހާނާ ބޭނުން ނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ކަމަށް އިންސިޑެންޓް ކޮމާންޑަރު ވަނީ މައުލޫމާތު ދެއްވާފައެވެ. މިހާރު އެޗްޑީސީން ދަނީ ނަރުދަމާއަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ހިޔާ ޓަވަރު 5 ގައި ރޭގައި ހިނގާ ދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ޓަވަރުގެ 7 އެޕާޓްމަންޓެއްގެ 37 ފަރާތަކަށް މި އޮތޯރިޓީން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ. މި ހާދިސާއަށް ފަހު ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް… pic.twitter.com/AwloHXOvw7
— NDMA Maldives (@NDMAmv) January 31, 2026
އެންޑީއެމްއޭއިން ވިދާޅުވީ ހިޔާ ޓަވަރު 5 ގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ޓަވަރުގެ 7 އެޕާޓްމަންޓެއްގެ 37 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ.
މި ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ދެނެގަނެ، މަރާމާތުގެ މަސައްކަތްތައް އަވަސް ކުރުމަށް ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.އަދި މި ހާދިސާއާއި ގުޅިގެން އެހީތެރިކަމެއް ބޭނުންވާ ނަމަ އެން.ޑީ.އެމް.އޭގެ އެމެޖެންސީ ހޮޓްލައިން 115 އަށް ގުޅުމަށްވެސް ވަނީ އެދިފައެވެ.







