ރާއްޖޭގެ ރަށް ރަށުގެ މަގުތައް ޒާމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން، ތިން ރަށެއްގެ މަގުތައް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޙަމީދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޡީމެވެ.
އާރުޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކަކީ، ގއ. ވިލިނގިލީގެ މަގު ހެދުމުގެ ތިން ވަނަ ފިޔަވައްސާއި، ހއ. އުލިގަމު އަދި ރ. މާކުރަތުގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫއެވެ.




