މޮންގޯލިއާ ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ބަތުސެޓްސެގް ބަތުމުންކް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
"ދިވެހި ސަރުކާރާއި ރައްޔިތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމަނާއަށާއި މޮންގޯލިއާ ގެ ސަރުކާރަށާ އަދި ރައްޔިތުންނަށް މޮންގޯލިއާ ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރަމެވެ.
ދިވެހިރާއްޖެ އާއި މޮންގޯލިއާ އާ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ދެޤައުމުގެ ރައްޔިތުންނަށް މަންފާކުރަނިވި ގޮތެއްގައި އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނޭކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަމެވެ. އަދި މި ފުރުސަތުގައި، ކަމާނާއަށް ދުޅަހެޔޮ ޞިއްޙަތަކަށާއި، މޮންގޯލިއާ ގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ. އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވީމެވެ." ވަޒީރުގެ މެސެޖުގައި ވިދާޅުވިއެވެ.




