މާލޭގައި ބިދޭސީ ދެ އަންހެނެއްގެ މެދުގައި މާރާމާރީ ހިންގައިފިއެވެ.
ފުލުހުން ބުނީ އަސަރީ ހިނގުމުގައި ދެ މީހެއްގެ މެދުގައި މާރާމާރީ ހިންގާކަމުގެ މަޢުލޫމާތު މިއަދު 19:47 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި މާރާމާރީ ހިންގާފައިވަނީ ނޭޕާލް ދެ އަންހެނުންގެ މެދުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.




