އިސްލާމީ އަޤީދާ މަގުދައްކަނީ ޤައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވާން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ ޢަޤީދާ މަގުދައްކަނީ ޤައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވުމާއި އެކަކު އަނެކަކަށް ހެޔޮ ފޯރުވުމާއި އިޙްސާންތެރިކަމާއި އަޅައިލުން އިސްކޮށް، ޤައުމު ބިނާކުރުމުގައި އަތުގުޅައިލަން ކަމަށެވެ.
އަޅުގަނޑުމެންގެ ހިތްތަކުގެ އެންމެ ފުނަށް ފޭދިފަައިވާ އިސްލާމީ ޢަޤީދާ މަގުދައްކަނީ ޤައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވާން. އެކަކު އަނެކަކަށް ހެޔޮ ފޯރުވާން. އިޙްސާންތެރިކަމާއި އަޅައިލުން އިސްކޮށް، ޤައުމު ބިނާކުރުމުގައި އަތުގުޅައިލާން.
ސުނާމީ ކާރިސާ ކުރިމަތިވީ… pic.twitter.com/cuikKo3tsb
— Dr Mohamed Muizzu (@MMuizzu) December 26, 2025
ސުނާމީ ކާރިސާ ކުރިމަތިވީ ހިނދުވެސް، އަދި ދިވެހީން ކުރިމަތިލީ މި ނޫން ކޮންމެ އުނދަގޫ ޙާލަތެއްގައިވެސް އަޅުގަނޑުމެންގެ ސަލާމަތަކަށްވީ މުސްލިމުންގެ ގޮތުގައި ތިބެ ދިވެހީން ހިފަހައްޓަމުންދާ މި ރިވެތި ޚުލްޤާއި ސުލޫކުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހީންނަކީ އުޚުއްވަތްތެރި، އޯގާތެރި، އެކަކު އަނެކަކަށް ވާގިވެރި، ހިތްވަރުގަދަ ބަޔެއްގެ ގޮތުގައި އަބަދުމެ ލައްވާށި. އިލާހީ ޙިމާޔަތާއި މަދަދާއި އޯގާވަންތަކަން ރެޔާއިދުވާލު މި ޤައުމުގައި ދަމަހައްޓަވާށި. އާމީން pic.twitter.com/te3hL0Xe9j
— First Lady Sajidha Mohamed (@sajidhaamohamed) December 26, 2025
ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ސާޖިދާ މުޙައްމަދު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހީންނަކީ އުޚުއްވަތްތެރި، އޯގާތެރި، އެކަކު އަނެކަކަށް ވާގިވެރި، ހިތްވަރުގަދަ ބަޔެއްގެ ގޮތުގައި އަބަދުމެ ލައްވާ އިލާހީ ޙިމާޔަތާއި މަދަދާއި އޯގާވަންތަކަން ރެޔާއިދުވާލު ޤައުމުގައި ދެމެހެއްޓުމަށް އެދި ދުޢާ ދަންނަވާފައެވެ.




