އިންޑިއާގެ އޮޑިޝާގެ ކޯރާޕޫތު އަވަށުގެ ސަރުކާރު ސްކޫލެއްގައި ކޮންކްރީޓުން ހަދާފައި ހުރި ނޯޓިސް ބޯޑެއް ވެއްޓި، 08 އަހަރުގެ ކުއްޖަކު ނިޔާވެ އިތުރު ކުއްޖަކަށް އަނިޔާވެއްޖެއެވެ.
އިންޑިއާ ފުލުހުންނާ ހަވާލާދީ "ހިންދުސްތާން ޓައިމްސް" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ނޯޓިސް ބޯޑު ވެއްޓުނުއިރު ނިޔާވި ދަރިވަރު ހުރީ ސްކޫލްގެ އެހެނިހެން ދަރިވަރުންނާއެކު ކުޅެންށެވެ.
މި ހާދިސާގައި ހިމެނޭ ދެ ކުދިންވެސް އެސްއެލްއެން މެޑިކަލް ކޮލެޖު އެންޑް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެއް ކުއްޖަކު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އަނިޔާވި އަނެއް ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ކޯރަޕޫތުގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.





