500 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ބޭރުގެ ކްރޫޒްލައިނާއެއް ރާއްޖެ އަތުވެއްޖެއެވެ.
އިމިގްރޭޝަނުން ބުނީ "އެމްއެސް އޯޝަނިއާ ސައިރީނާ" ނަމަކަށް ކިޔާ ކްރޫޒްޝިޕުން ރާއްޖެ އައި 549 ފަސިންޖަރުންނަށާއި 392 ކްރޫންނަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ. މޮރިޝަސްގެ ޕޯޓް ލުއިސް އިން ރާއްޖެ އައި މި ކްރޫޒްލައިނާގެ ފަތުރުވެރިން މާލެ އައިސްފައިވަނީ މިއަދެވެ.
Seaport Division officers successfully provided en-route clearance for 549 passengers and 392 crew members aboard MS Oceania Sirena, which arrived today, from Port Louis, Mauritius. pic.twitter.com/Gs3iR6Qtaw
— Maldives Immigration (@ImmigrationMV) December 17, 2025
މިއީ މި ޑިސެންބަރު މަހު ރާއްޖެ އައި ތިން ވަނަ ކްރޫޒްލައިނާއެވެ.





