ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތިކުރުންް "ވައިޓޭޖް" މެތަޑް އަށް ބަދަލުކޮށް ބޯޑް ޗެއަރ އަދި މެންބަރުންގެ އިނާޔަތްތައް ކަނޑައަޅާ އުސޫލު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީ.ސީ.ބީ) ގެ ބޯޑުން އިސްލާހުކޮށްފި އެވެ.
މި އުސޫލު އިސްލާހުކޮށްފައި ވަނީ، ނޮވެމްބަރު މަހުގެ 26ވަނަ ދުވަހު ބޭއްވި ޕީ.ސީބީ ބޯޑު މެންބަރުންގެ ބައްދަލުވުމުންނެވެ.
މި އުސޫލު ބަދަލުކުރިކަން ހާމަކޮށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބުރާސްފަތި ދުވަހު ނެރުނު ސަރކިއުލާގައި ބުނެފައި ވަނީ، ވަކި ޝަރުތެއް ފުރިހަމަނުވުމުން ކުރިން ގިންތި ބަދަލުނުވެ އޮތްއޮތުން ނިމުމަކަށް ގެނައުމަށް އިންސާފުވެރި ގޮތެއްގައި ގިންތިކުރެވޭ "ވައިޓޭޖް" މެތަޑަކަށް ދާން ނިންމީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތި ކުރުމުގައި ވަކި ޝަރުތެއް ފުރިހަމަނުވުމުން ގިންތި ބަދަލުނުވެ އޮންނަ އުުސޫލު ނިމުމަމަކަށް ގެނައުމަށް ކަމަށެވެ.
ޕީ.ސީ.ބީ އިން ބުނީ އެ އުސުލާ އެއްގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ވާސިލްވުމަަށް ކަންކަން ފަހިކޮށްދީފައިވާނެ ކަމަށެވެ.
The PCB team met with CA Maldives to discuss the implementation roadmap for IFRS S1 and S2 sustainability standards. This move is crucial for strengthening governance, enhancing transparency, and improving the long-term accountability of Maldivian SOEs. pic.twitter.com/JLvrFdPGE4
— Privatization & Corporatization Board (@pcb_gov) November 27, 2025
އެގޮތުން 2026ވަނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް މި ޑިސެންބަރު މަހުގެ 31 ގެ ކުރިން އެ ބޯޑަށް ހިއްސާކުރުމަށް އެދޭކަމަށާއި، އަދި އެއްވެސް ސަބަބަކާހުރެ އެ އަމާޒު އެމުއްދަތުގައި ކަނޑަނޭޅިއްޖެނަމަ ލަސްވެގެން 15 ޖެނުއަރީ 2026ގެ ކުރިން އެ ބޯޑަށް ޓާގެޓްތައް ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.
މީގެ އިތުރަށް ކުރިއަށްއޮތް އަހަރުތަކުގައި ޓާގެޓް ކަނޑައަޅާނެ ގޮތާއި ކުންފުނިތަކުން އަމާޒު ކަނޑައަޅުމުގައި ދިމާވާ ދަތިތަކަށް ރިޢާޔަތްކޮށް މިޑް ޓާމް ޓާގެޓް ރިވިޝަން ކުރެވޭނެ ފަސޭހަގޮތްތައް އެ އުސޫލައް އިތުރުކުރެވި، އަދި އެ އުސޫލު ހަރުދަނާ ކުރުމަށް އެހެނިހެން އިންޓަރނަލް ކޮންޓްރޯލްތައް އުސޫލަށް އިތުރުކޮށްފައިވާނެ ކަމަށް ޕީ.ސީ.ބީ އިން ވަނީ ބުނެފައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީ.ސީ.ބީ) އިން ބުނީ ކުންފުނިތައް ގިންތިކުރުމުގެ އުސޫލަށް ގެނައި ބަދަލާއެކު މެނޭޖިން ޑިރެކްޓަރ ފިޔަވައި އެހެނިގެން އެގްޒެކެޓިވް ސްޓާފުންގެ އަސާސީ މުސާރަ އާއި ޕާރފޯމެންސް އެލަވަންސްތައް ވާނީ އުނިކޮށްފައި ކަމަށެވެ.
އަދި އެ މަޤާމްތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ކުންފުނީގެ އޮނިގަނޑާއި އެއްގޮތަށް ކުންފުނީގެ ބޯޑުން ކަމަށެވެ.
އެހެންކަމުން މުސާރައިގެ އޮނިގަނޑު ބަދަލުކުރަން ޖެހިއްޖެނަމަ ސަރުކާރުގެ މެރޯރިޓީ ހިއްސާވާ ކުންފުނިތަކުގެތެރެއިން ޕަބްލިކް ލިސްޓް ނުކުރާ ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު ކަނޑއަޅަންވާނީ ޕީ.ސީ.ބީ ގެ ގައިޑްލައިނާއި އެއްގޮތަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި އެ ނޫން ކުންފުނިތަކުން އެ ކުންފުންޏެއްގެ އުސޫލާއި އެއްގޮތްވާ ގޮތަށް ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރަށް އެގްޒެކެޓިވް މުވައްޒަފަކު ސަރުކާރުން ބޯޑް މެންބަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާނަމަ ބޯޑް ޑިރެކްޓަރުންގެ އިނާޔަތުގެ ގޮތުގައި އުސޫލުގަިއ ކަނޑައަޅާއިވާ އުސޫލާއި އެއްގޮތަށް ދޭންވާނެ ކަމަށެވެ.
ޕީ.ސީ.ބީ އިން ބުނީ އެ ބޯޑުން އަންގާ އެންގުންތަކަށް ކުންފުނިތަކުން އަމަލުކުރުމަކީ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލާޒިމްކަމެއް ކަމަށެވެ.






