ޗައިނާ ސަރުކާރުން ރާއްޖޭގެ ހޮސްޕިޓަލްތަކުގެ ލެބޯތްރީތަކަށް ބޭނުންވާ އިކްއޕްމަންޓް ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާއެވެ. ރާއްޖޭގެ ފަރާތުން މިތަކެތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
Handover Ceremony of laboratory equipment donated by the People’s Republic China to the Maldives was held today, marking an important step in expanding diagnostic capacity and strengthening healthcare services across our islands. pic.twitter.com/YQkDKhkqzK
— Ministry of Health (@MoHmv) December 4, 2025
މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ދެމުންދާ ޞިއްހީ ޚިދުމަތް ހަރުދަނާކުރެއްވުމަށް އެހީތެރިވުމުގެ ގޮތުން ޗައިނާއިން ދޭ އެހީއެކެވެ.
ޗައިނާގެ އެހީގެ ދަށުން ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.





