ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ކަމަށް ޙަސަން ނާޞިޙް އަޙްމަދު މިއަދު އައްޔަންކޮށްފިއެވެ.
ޓޭކްސް އެޕީލް ތްރައިބިއުނަލްގެ ރައީސް ގެ މަޤާމަށް ސ.ހިތަދޫ މާވަހި، އަލްފާޟިލް ޙަސަން ނާޞިޙް އަޙްމަދު، މިއަދު އައްޔަންކުރައްވާފައިވާއިރު ނައިބް ރައީސް ކަމުގެ މަޤާމަށް ގއ.ނިލަންދޫ ގަސްދޮށުގެ، އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް މިއަދު ވަނީ އައްޔަންކުރައްވާފައެވެ.
— Tax Appeal Tribunal (@TaxTribunalMv) December 4, 2025
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ފަސް ބޭފުޅުންނަކީ، ސ.ހިތަދޫ މާވަހި، އަލްފާޟިލް ޙަސަން ނާޞިޙް އަޙްމަދު، ށ.ކޮމަންޑޫ ޗަމަން، އަލްއުސްތާޛާ އުސާމާ މޫސާ، ހމ.ފްލެޓްނަންބަރު 02-2-88، އަލްއުސްތާޛާ ޢާއިޝަތު އިޝާ، ގއ.ނިލަންދޫ ގަސްދޮށުގެ، އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް އަދި ގދ.ގައްދޫ ބީޗްކޯނަރ، އަލްފާޟިލް އަޙްމަދު ޔާމީންއެވެ.
— Tax Appeal Tribunal (@TaxTribunalMv) December 4, 2025





