ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އެފް.އޭ.އެމް ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި މެޗު އޮތީ މިއަދު ހަވީރު ހެންވޭރު ފުޓުބޯޅަ ދަނޑުގައެވެ.
މި މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީ.ސީ ސްޕޯޓްސް ކްލަބު ބައްދަލުކޮށް، 6-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައިވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.
މިއަދުގެ މެޗަށްފަހު މެޑަމް ސާޖިދާ ވަނީ، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ދެއްވާ އެވޯޑު ހަވާލުކޮށްދެއްވައިފައެވެ.






