ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް ދިއްދޫގެ ކޭބަލްތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ފެނަކައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. ދިއްދޫގައި ކޭބަލް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ #TeamFenaka pic.twitter.com/02T39pR7As
— Fenaka Corporation Ltd (@TeamFenaka) November 2, 2025
މިގޮތުން ފެނަކައިން ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. ދިއްދޫގައި ކޭބަލް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ފެނަކައިން އަންނަނީ އެ ކުންފުނިން އަތޮޅުތެރޭގެ ރަށްތަކުގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންނެވެ.







