އދ. ވިލިނގިލިވަރު އިރު ދެކުނުން 6މޭލު ބޭރުގައި ވަދު ކަނދުފަތި ގާއިމްކޮށްފިއެވެ.
މި ވަދު ކަނދުފަތީގެ ނަމްބަރަކީ I09V02 އެވެ.
މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:
3°,33.200'N
73°01.500'E
ވަދު ކަނދުފަތި ނަންބަރު: I09V02
25 ނޮވެމްބަރ 2025 ވަނަ ދުވަހު އދ.ވިލިނގިލިވަރު އިރު ދެކުނުން 6 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި. pic.twitter.com/DbdhKmPUQF— Ministry of Fisheries and Ocean Resources (@MFORmv) November 25, 2025
ފިޝަރީޒް މިނިސްޓްރީން ބުނީ މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
ކަނދުފަތި ޤާއިމްކުރުމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އަދި ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ.
ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް މި މުޒާރާއިން ވަނީ ފަށާފައެވެ.





