މާލޭ ގެއެއްގެ ސިޑިގޮޅިއަށް ވެއްޓި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މާލޭ މާފަންނުގައި ހުންނަ ގެއެއްގެ ހަ ވަނަ ފަންގިފިލާއިން އެގޭ ސިޑިގޮޅިއަށް މީހަކު ވެއްޓިފައިވާކަމުގެ މަޢުލޫމާތު މިއަދު 18:29 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Advertisement
މި ހާދިސާގައި ނިޔާވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ރޮއްޓަން (47 އ) އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.





