މާލެއިން ގެއްލުނު ނޭޕާލް ރައްޔިތެއް ކަމުގައިވާ ޕޫރްނީމާ ގަޖްމާ ފެނިއްޖެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ގެއްލިގެން ހޯދީ ނޭޕާލް ރައްޔިތެއްކަމަށްވާ ޕޫރްނީމާ ގަޖްމަރ (19އ) އެވެ.
ފުލުހުންގެ ބުނީ، މާލެއިން ގެއްލިގެން ހޯދަން އުޅުނު އުމުރުން 19 އަަހަރުގެ ޕޫރްނީމާ، ފުލުހުންނަށް ހޯދިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ޕޫރްނީމާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ، އޭނާ އަންގާރަ ދުވަހުގެ 14:00 އެހާކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް ހުކުރު ދުވަހު އިރުއޮއްސި 18:56 ހާއިރު އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.





