ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ)ގެ ދަށުން ޕޭސްޓްރީ އެންޑް ބޭކަރީ ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ދ.ބަނޑިދޫގައި ހިންގި މި ކޯސް ފުރިހަމަ ކުރި 24 ޒުވާނުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ އެކަމަށް ހާއްސަކޮށް ކިނޮޅަސްގެ ޖަމްއިއްޔާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
The closing ceremony for the Community Upskilling Program (CUP) – National Certificate III in Pastry and Bakery course was held last night in Dh. Bandidhoo, with 34 graduates. pic.twitter.com/e6U6npWhI4
— Ministry of Youth Empowerment, Information and Art (@YouthGovMv) October 19, 2025
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު އެންޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ޖަވާޒްއެވެ.
ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުމަށް މި މިނިސްޓްރީން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ.