ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ދަރިވަރުންގެ ބެޗު އިންޓާންޝިޕް ފުރިހަމަކުރުމަށް ފަހު، ޚިދުމަތަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.
އައިޖީއެމްއެޗުން އިއްޔެ ވަނީ އެދަރިވަރުންގެ އިންޓަންޝިޕް ނިންމާ ޚިދުމަތަށް ނިކުތުމަށް ތައްޔާރުމުން އެކސން ފާހަގަކުރުމަށް ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ހޮސްޕިޓަލުން ބުނީ، ބަލިމީހުންނަށް ފަރުވާ ދިނުމުގައި ނަމޫނާ ދައްކަން އެ ޑޮކްޓަރުން މިހާރު ތައްޔާރަށް ތިބި ކަމަށެވެ.
Milestone Unlocked! 🎓
The very first MBBS graduates from MNU have completed their internship at IGMH, marking a proud moment for the Maldives’ healthcare services!Congratulations to these 20 young doctors who have tirelessly cared for patients, responded to emergencies, and… pic.twitter.com/To6qltSWgi
— IGMH (@igmhmv) October 16, 2025
ސްކޫލް އޮފް މެޑިސިން ރާއްޖޭގައި ގާއިމްކުރަން ހުއްދަ ދިނީ 2017 ވަނަ އަހަރެވެ. އެ ތަނުގައި ކިޔަވައިދޭން ފެށީ 2019ވަނަ އަހަރެވެ. ރާއްޖޭގައި މެޑިސިން ކިޔަވައިދެނީ މެލޭޝިއާގެ ޤައުމީ ޔުނިވާސިޓީ، ކެބަންސާން މެލޭޝިއާ (ޔޫކޭއެމް)ގައި ކިޔަވައިދޭ ކަރިކިއުލަމަށެވެ.






