ރޭ މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ދެ ބިދޭސީން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ރޭ މާލޭގައި ދެ ބިދޭސީއެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެކެއްގެ ބޯ ވަނީ ފަޅާލައިފައެވެ.
ފުލުހުން ބުނީ މާލޭ އަސުރުމާ ގޯޅީގައި ދެ މީހެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ މައްސަލަ އިއްޔެ 19:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި މާރާމާރީ ހިންގާފައިވަނީ ދެ ބިދޭސީންގެ މެދުގައި ކަމަށާއި، އެކެއްގެ ބޯ ފެޅި އަނިޔާވެފައިވާއިރު، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.






