ދެ ބިދޭސީއެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެކެއްގެ ބޯ ފަޅާލައިފިއެވެ.
ފުލުހުން ބުނީ މާލޭ އަސުރުމާ ގޯޅީގައި ދެ މީހެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ މައްސަލަ މިއަދު 19:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި މާރާމާރީ ހިންގާފައިވަނީ ދެ ބިދޭސީންގެ މެދުގައި ކަމަށާއި، އެކެއްގެ ބޯ ފެޅި އަނިޔާވެފައިވާއިރު، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ދެ މީހުންވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.






