އައްޑޫ ސިޓީ ދޮންހެރައިގައި ޙަލާލު ޓޫރިޒަމް މޮޑެލަށް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ވަނީ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 އޮކްޓޫބަރު 2025 ވާ ހޯމަ ދުވަހު އަދި 10 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 8 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އެ ވުޒާރާއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް އެދިފައެވެ.
އެ ވުޒާރާއިން ވަނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 26 އޮކްޓޫބަރު 2025 ވާ ހޯމަ ދުވަހު އަދި 9 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރުމަށް އެދިފައެވެ.
މިކަމާ ގުޅޭ ބީލަން ފޮތް އޮކްޓޫބަރު 5 އިން ޑިސެންބަރު 4 ވަނަ ދުވަހުގެ ނިޔަލަށް އެ ވުޒާރާގެ ރިސެޕްޝަނުން ލިބޭނެއެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ޑިސެންބަރު 4 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.