އިނގިރޭސިވިލާތުގެ އެބަރޑީ އިންޓަރނޭޝަނަލް ލިމިޓެޑް އަދި ކިޔު.އީ.ޑީ ނޭވަލްގެ ޗެއަރމަން، މރ. ގޯރޑަން މެކިންޓޯޝް، ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
އެ ވުޒާރާއިން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ކަނޑުގެ ރާޅުތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުން ކަމަށެވެ.
މރ. މެކިންޓޯޝްއަކީ ކަނޑުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ. އޭނާގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމުގައި އެ ވުޒާރާއިން ބުންޏެވެ.





