ތިނަދޫގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މިރޭ ބުނީ ތިނަދޫ ސިޓީ ޣާޒީ މަގާއި ރަންނަބަނޑޭރި މަގު ގުޅޭ ކަންމަތިން ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދު 07:44 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ އަންހެނުންނަށް އަނިޔާވެފައިވާ ކަމަށާއި، ސައިކަލު ދުއްވި މީހާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.






