ގދ. ތިނަދޫ ގެއަކަށް ވަދެ ހަޑި ހުތުރު ބަހުން ޒުވާބުކޮށް މާރާމާރީ ހިންގައި އިންޒާރު ދިން އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ސެޕްޓެންބަރު 24 ވަނަ ދުވަހުގެ 22:38 ހާއިރު ގދ. ތިނަދޫގައި މީހަކު ހުއްދަ ނެތި ގެއަކަށް ވަދެ، އެ ގޭގައި ކުޑަކުދިންތަކެއް ތިއްބައި ހަޑި ހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގައި އިންޒާރު ދީފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ގދ. ތިނަދޫ، ފުޓްލައިޓްއާގެ، އާމިނަތު ފޭޒްލީން (49 އ) ކޯޓު އަމުރެއްގެ ދަށުން މިއަދު 14:32 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.






