ތ.ހިރިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަރިހުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މިމަސައްކަތުގެ އަގަކީ ޑިޒައިން އެންޑް ބިލްޑްއުސޫލުން ރަށުގެމައިމަގުތައް ހެދުމަށް ހިންގާ ޕްރޮޖެކްޓެކެވެ.
މަސައްކަތުގެ އަގަކީ 70,506,326.88 ރުފިޔާއެވެ. މަސައްކަތުގެ މުއްދަތަކީ 730 ދުވަހެވެ.





