އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 80 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ވަނީ 'އަރލީ ވޯރނިންގސް ފޮރ އޯލް' އަށް ބޮޑު އިސްކަމެއް ދީފައިވާކަން އަލުން ހާމަކޮށްފައެވެ.
މިގޮތުން، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ހާމަކުރައްވާފައިވެއެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ، ކާރިސާތަކާ ގުޅިގެން ދެވޭ އިންޒާރުތަކުގެ ނިޒާމުގައި ހުރި އެންމެ ފަހު ހަރުފަތުގެ ހުސްކަންތައް ފިލުވުމަށާއި، ގިނަ ނުރައްކާތައް ދެނެގަތުމަށް ބޭނުންކުރާ ނިޒާމުތައް އެއްކޮށްލުމަށާއި، ދެމެހެއްޓެނިވި މާލީ އެހީތެރިކަން ހޯދުމަށް ކާރިސާ ދިމާވާ ވަގުތުތަކުގައި ބޭނުންވާނެ އެންމެހާ ކަންކަން ކުރުމަށް ގޮވާލައްވާފައެވެ.
މިނިސްޓަރު ޠާރިޤްގެ މި ގޮވައިލެއްވުމުގެ މައިގަނޑު މަޤްޞަދަކީ، ގުދުރަތީ ކާރިސާތަކުގެ ކުރިން ދެވޭ އިންޒާރުތަކުން، އެއްވެސް ރަށެއް އަދި އެއްވެސް މުޖުތަމަޢެއް ރައްކާތެރިކަން ނެތި ނުބޭއްވުން ކަމަށް ވިދާޅުވިއެވެ. ކުޑަ ނިވެލިތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖެ ފަދަ ޤައުމުތަކަށް، ކަނޑުގެ ލޮޅުންތަކާއި، ބޮޑެތި ވިއްސާރަތަކާއި، ކަނޑަށް އަންނަ ބަދަލުތަކުން ރައްކާތެރިކަމުގެ އިންޒާރުތައް ލިބުމަކީ އާބާދީގެ ސަލާމަތަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
މިފަދަ ނިޒާމުތައް ހަރުދަނާކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަން މުހިންމުކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.





