ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މިރޭ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވަނީ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. މި ގޮތުން ކައުންސިލުންވަނީ މިހާރު ތަރައްޤީކުރަން ފަށާފައިވާ އެއާޕޯޓް އަވަހަށް ނިންމައިދިނުމާއި، އެއާޕޯޓް މަޝްރޫޢުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫއެއް ފެށުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ފެނާއި ނަރުދަމާގެ މައްސަލަ އަދިޮ ކަރަންޓު ނެޓްވޯރ:ކްދ ދިމާވެފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށުގައި ޞިއްޙީ ޚިދުމަތް ރަގަޅުކޮށްދެއްވުމާއި 500 ހައުސިންގ ޔުނިޓް އަޅައިދެއްވުމުގެ އިތުރުން ރަނގަޅުފެންވަރަށް މަގު ހައްދަވައިދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ލިޔުން ކިޔާލުމުން