އދ. މަހިބަދޫ ފޭސް 02 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ޑިޒައިން އެންޑް ބިލްޑް ގެ އުސޫލުގެ ދަށުން އދ. މަހިބަދޫ ފޭސް 02 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.#TeamRDC pic.twitter.com/Ys49PJ0zAc
— Road Development Corporation Ltd (@rdcmaldives) September 20, 2025
މަހިބަދޫ ފޭސް 02 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްފައިވަނީ 15 އޮގަސްޓު 2023 ގައެވެ.
420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ޖުމުލަ އަގަކީ 42,765,652.08ރ. އެވެ.






