ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި އެކްސްޕޯއެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ފެއަރ އަކީ ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތެރިކަމާއި ހުނަރު ފާހަގަކޮށް، މި ދާއިރާގެ ވިޔަފާރިތައް ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ފެއަރއެކެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މި ފެއަރ ބާއްވަނީ ، 2025 އޮކްޓޫބަރ 18 ގައިއެވެ.
މިއެކްސްޕޯގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓަރވުމަށް، 2025 ސެޕްޓެންބަރު 29ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކްސްޕޯގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުމަށް ފުރުސަތުވަނީ ހުޅުވާފައެވެ.
މި ލިޔުން ކިޔާލުމުން