އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގުރާމު ނިންމާލައިފިއެވެ.
މިކަމަށްޓަކައި އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް ޢަބްދުﷲ ސަޢުދާންއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގުރާމުގައި 52 އިމާމުން ބައިވެރިވެފައިވެއެވެ. މި ޕްރޮގުރާމުގެ ދަންފަޅިތައްް ނަންގަވައިދެއްވީ އައްޝައިޚް މުޙައްމަދު އަނީލް، އައްޝައިޙް އަޙްމަދު ނާޒިޙް، އަައްޝައިޛް އަޙްމަދު ރިމާޒް އަދި އަލްޙާފިޡް މުޙައްމަދު ޞާލިޙް އަޙްމަދުއެވެ.
އިމާމުންނާއި ޚަޠީބުން ތާޒާކޮށް އިތުރަށް ތަމްރީން ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން