މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވި ދިވެހި ވަޠަނީ ޚިދުމަތުގެ ޕުރޮގުރާމް އިރާދަކުރެއްވިއްޔާ ވެގެންދާނީ ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ސިޔާސަތަކަށް ކަމުގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
Midhiya aharuge Nasruge dhuvuge jalsagai, Raeesul Jumhooriyya Dr @MMuizzu iulaan kurevvi National Service program In Sha Allah vegen dhaanee Dhivehi mujthama’ah heyo badhal thakeh genuvaane siyaasathakah. Qawmee tharaggee ah masahkaih kuraane Ikhlaastheri jeeleh ufedhumuge aa… https://t.co/9piHK5IoQc pic.twitter.com/roqyCSkp6q
— Mohamed Ghassan Maumoon (@mgmaumoon) September 18, 2025
މިގޮތުން ޣައްސާން އިތުރަށް ވިދާޅުވީ މި ޕުރޮގުރާމު ވެގެންދާނީ ޤައުމީ ތަރައްޤީއަށް މަސައްކަތްކުރާނެ އިޚްލާޞްތެރި ޖީލެއް އުފެދުމުގެ އާ ފެށުމަކަށް އަދި މިނިވަންކަމުގެ ފަލަ ރަތް ރޮނގު އިތުރަށް ފަވާލެވޭ ފަވާލެވުމަކަށް ކަމަށެވެ.
ދިވެހި ވަޠަނީ ޚިދުމަތަށް ކުރިމަތިލުމަށް މިއަހަރަށް ހުޅުވާލުމުން ކުރިމަތިލި 1242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރުގެ ސިލެކްޝަން ޕްރޮސެސް ގައި ހޮވުނު 343 ޒުވާނުން ބުދަ ދުވަހު ވަނީ ތަމްރީނަށް ފުރައިފައެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ 107 ރަށަކުން، ޢުމުރުން 16 އަހަރާއި 29 އަހަރާ ދެމެދުގެ 64 އަންހެން އަދި 279 ފިރިހެން ޒުވާނުންނެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ މަގުސަދުތަކަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުމާއި، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދިނުމާއި، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމުގެ އިތުރުން ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުން އަދި ދިވެހި ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުމެވެ.
ޤައުމު ދެކެ ލޯބިވާ ޒިންމާދާރު ހަރުދަނާ ޖީލެއް ބިނާކުރެއްވުމަށްޓަކައި، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމު ކުރިއަށް ގެންދަވާނޭކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުއްވައިދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި، އެ ޕްރޮގްރާމު ޢަމަލީގޮތުން މިއަހަރު ހިންގަވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން