މީޑިއާ ބިލް މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
މި ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 60 މެމްބަރުންގެ ވޯޓުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
މި ބިލް މިއަދު މި ފާސްކުރި އިރު މިއަދު މަޖިލިސް ކައިރީ ނޫސްވެރިން ދަނީ މި ބިލް ފާސްނުކުރުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.
ބިލު ފާސްކުރަން ޖަލްސާ ފެށުމާ އެކު އެމްޑީޕީ މެންބަރުން ވަނީ އިހުތިޖާޖުކުރަން ފަށާފައެވެ. އެހެންވެ، އެ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުންގެ ނަން އިއްވާ ތަޅުމުން ވަނީ ނެރެފައެވެ.
ބިލަށް ކޮމިޓީން ގެނައި މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ތަހުގީގު ނުނިންމާ މީޑިއާ ހުއްޓުވާލެވޭ ގޮތަށް އޮތް މާއްދާ އުނިކުރުން، ރައީސުލްޖުމްހޫރިއްޔާ، ކޮމިޝަންގެ ރައީސް އައްޔަންކުރައްވާ ގޮތަށް އޮތް މާއްދާ، ކޮމިޝަންގެ ވޯޓަކުން އައްޔަންކުރާ ގޮތަށް ބަދަލުކުރުން، އިލެކްޓްރޯނިކް މީޑިއާ މާނަކޮށްފައިވާ ގޮތް ތަފުސީލުކޮށް، ސޯޝަލް މީޑިއާ ނުހިމެނޭ ގޮތަށް ލިޔުން، ނޫސް މަޖައްލާތައް ނެރޭއިރު ކޮމިޝަނަށް އަންގަންޖެހޭ ގޮތަށް އޮތް މާއްދާ އިތުރަށް ތަފުސީލުކުރުން، ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައި ބުނާ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަމެއް ކޮމިޝަނަށް ނުކުރެވޭނެ ކަމަށް ބަޔާންކުރުން ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން