މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުތަކާއެކު އެ ބިލް ކޮމެޓީން ފާސްކޮށްފި އެވެ.
ބިލް ފާސްކުރީ އިއްޔެ ހަވީރު ބޭއްވި ކޮމެޓީ ބައްދަލްވުމުގަ އެވެ. ކޮމެޓީ ބައްދަލްވުން އަޑުއަަހާއި ކަވަރުކުރުމަށް ވަތް ބައެއް ނޫސްވެރީން އިޙްތިޖާޖުކުރި ނަމަވެސް މި ބިލް ކޮމެޓީން ފާސްކުރީ މެންބަރުންގެ އިއްތިފާޤުންނެވެ. އެކަން ކޮމެޓީގެ މުޤައްރިރު ވަނީ އިޢުލާނު ކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ދިރާސާކުރުން pic.twitter.com/osoZJhlLH4
— People's Majlis (@mvpeoplesmajlis) September 15, 2025
މި ބިލަށް ސަރުކާރުން ވަނީ 14 އިސްލާޙެއް ހުށައަޅާފަ އެވެ. އެ ގޮތުން ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ބިލުގެ ހަތް ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިސްލާމްދީނާ ހިލާފު ވާހަކަތައް ފެތުރުމާއި، އަހްލާގީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި، ފާހިޝް އަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމަނާފައިވެ އެވެ.
މީގެ އިތުރުން ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭ ގޮތަށް ބިލުގެ 17 ވަނަ މާއްދާ އާއި 19 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އިސްލާހުކުރުމާއި ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމަނައި 18 ވަނަ މާއްދާގެ (ޅ) އިސްލާހުކުރުމަށް ވަނީ ހިމަނާފަ އެވެ.
މި ލިޔުން ކިޔާލުމުން