ފިޑޭ ވޯލްޑް ކެޑޭޓް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޖޫނިއާ ޤައުމީ ޗެސް ޓީމަށް ކުޅީވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުއް ރައްޒާގު އިބްރާހީމް ޖާޒީ ހަވާލުކޮށްދެއްވައިފިއެވެ.
ކަޒަކިސްތާނުގައި މިމަހުގެ 18 އިން އޮކްޓޯބަރު އެކަކަށް ކުރިއަށްދާ ފިޑޭ ވޯލްޑް ކެޑޭޓް ޗެމްޕިއަންޝިޕްގައި ތިން އުމުރުފުރާއެއް ކުރިއަށްދާނެއެވެ. އެއީ 8 އަހަރުން ދަށާއި، 10 އަހަރުން ދަށުގެ އިތުރުން 12 އަހަރުން ދަށުގެ އުމުރުފުރާއެވެ. މި މުބާރާތުގައި ދިވެހިރާއްޖެއިން ތިން އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިން ހިމެނޭހެން ޖުމްލަ ހަތް ކުޅުންތެރިން ވާދަކުރާނެއެވެ.
ހުޅުމާލޭ ޓީޓީ ހޯލްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ކުދިންނާ ޖާޒީ ހަވާލްކޮށްދެއްވުމަށްފަހު ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާގް އިބްރާހިމް ވިދާޅުވީ ކޮންމެ މުބާރާތެއްގެ ކޮންމެ މެޗަކީވެސް ހުރިހާ ގޮތަކުންވެސް މުހިންމު މެޗެއްކަމަށާއި، ކޮންމެ މެޗަކުންވެސް ލިބޭ ތަޖުރިބާގެ ބޭނުންކުރުން މުހިންމުކަމަށެވެ. އަދި މުބާރާތުގެ މެޗުތަކާއި މި ތަޖުރިބާ "އެންޖޯއީ" ކުރުމަށް ސްޓޭޓް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން